Back to news
ތިލަމާލެ ބްރިޖުގެ ހުރިހާ ތަނބުތަކެއް ޖަހައި މުޅި މަސައްކަތުގެ %60 މަސައްކަތް ނިމިއްޖެ: މިނިސްޓަރ ޑރ. މުއްޠަލިބް
@Source: mikalnews.com
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ “ތިލަމާލެ” ބްރިޖުގެ ހުރިހާ ތަނބުތަކެއް ޖަހައި މުޅި މަސައްކަތުގެ %60 މަސައްކަތް ނިމިފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
މުއްތަލިބް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިލަމާލެ ބްރިޖުގެ ތަނބުތައް ޖެހުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށެވެ. މި މަސައްކަތަކީ މުޅި މަޝްރޫއުގައި ވެސް ހިމެނޭ އެންމެ ގޮންޖެހުން ބޮޑު މަޝްރޫއު ކަމަށް އޭނާ ވިދާޅުވިއެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި އެއްގަމާއި ކަނޑުގެ 68 ސަރަހައްދެއްގައި ވަނީ 263 ތަނބު ޖަހައިފައެވެ. ތިލަމާލެ ބްރިޖު މަޝްރޫއުގެ މިހާތަނަށް އައިއިރު، %60.84 މަސައްކަތް ނިމިފައިވާ ކަމަށް ވެސް ސިންގަޕޫރުގައި ހުންނަވައި މުއްތަލިބް ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުން ފެށި މަޝްރޫއެކެވެ. ބްރިޖު އެޅުމުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލު ކުރީ އޮގަސްޓް 26، 2021 ގައެވެ. އިންޑަސްޓްރިއަލް ވިލެޖާއި ގުޅީފަޅު ފަދަ މުހިންމު ބިންތައް އެފްކޮންސްއާ ހަވާލުކޮށް މަސައްކަތް ފަށައިގަނެވުނީ އެ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭގެ ދެ އަހަރު ފަހުން، ސޯލިހްގެ ވެރިކަން ބަދަލުވި އިރު، ތިލަމާލެ ބްރިޖުގެ %29 މަސައްކަތް ވަނީ ނިމިފައެވެ.
އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ތިލަމާލެ ބްރިޖު މަޝްރޫއަށް ދެއްވި ހާއްސަ ކަމުގެ ސަބަބުން އެ މަޝްރޫއުގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ބޮޑު ބައެއް މިހާރު ވަނީ ނިންމައިފައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދޮޅު އަހަރުގެ ތެރޭގައި %31 މަސައްކަތް ވަނީ ނިންމައިފައެވެ. ދިވެހި ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ މަޝްރޫއު ނިންމައި ސަރުކާރާ ހަވާލުކުރުމަށް ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30، 2026 ގައެވެ.
ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މައިގަނޑު އަޅާނީ ތިން ބްރިޖެކެވެ. އެ ތިން ބްރިޖަކީ މާލެ އާއި ވިލިމާލެ ގުޅާލާ ބްރިޖު, ވިލިމާލެ އާއި ގުޅީފަޅު ގުޅާލާ ބްރިޖު އަދި ގުޅީފަޅާއި ތިލަފުށި ގުޅާލާ ބްރިޖެވެ.
ބްރިޖުގެ އެންމެ ބޮޑު، އަދި އެންމެ މުހިންމު މަސައްކަތްތައް ކުރަމުން އަންނަނީ ގުޅިފަޅުގައެވެ. ބްރިޖުގެ ޕްރީ ކާސްޓް ސެގްމަންޓުތައް ހަދަނީ ގުޅިފަޅުގައެވެ. ބްރިޖު އަޅަމުންދާ ކުންފުނި، އެފްކޮންސްގެ އަމާޒަކީ ތިލަމާލެ ބްރިޖުގެ ވެހިކަލްތައް ދުއްވާ ބައި ނުވަތަ ބްރިޖު ޑެކްގެ ސެގްމަންޓް ޔުނިޓްސްތައް ޕްރީ ކާސްޓް ކުރުމަށް ފަހު، ހުރިހާ ތަނބަކާ ގުޅާލާށެވެ. ގުޅީފަޅުގައި 1228 ސެގްމަންޓް ހެދުމަށް ހަމަޖެހިފައިވާ އިރު، މިހާތަނަށް އައިއިރު، ވަރަށް ގިނަ ބައިތައް ވަނީ ހަދައި ނިންމައިފައެވެ.
ބްރިޖު ދެ ބަޔަކަށް ބަހާލާފައިވާ އިރު، މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް ބަލަނީ “އޭ” ސެކްޝަންގެ ގޮތުގައެވެ. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ކުރިން ހާމަކުރި ގޮތުގައި މާޗު 31، 2026 ގެ ކުރިން ސެކްޝަން އޭ ނިންމަން ޖެހޭނެއެވެ. ސެކްޝަން ބީ އަކީ ގުޅީފަޅުން ފެށިގެން ތިލަފުއްޓާ ހަމައަށެވެ. މިނިސްޓްރީން ކުރިން ހާމަކުރި ގޮތުގައި ސެޕްޓެމްބަރު 30، 2026 ގެ ކުރިން އެ ސެކްޝަން ނިންމަން ޖެހޭނެއެވެ.
ތިލަމާލެ ބްރިޖު މަޝްރޫއަކީ އިންޑިއާ އިން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ. އެ މަޝްރޫއަކީ އިންޑިއާގެ ލޯން އެހީ އާއި ހިލޭ އެހީގެ ދަށުން 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވެއެވެ.
Related News
10 Jul, 2025
Man Hospitalised After Belize City Shoot . . .
11 Jun, 2025
Tigers' bullpen steps up in win over Ori . . .
01 Jun, 2025
DUR-W vs LAN-W Dream11 Prediction: Fanta . . .
14 Jun, 2025
Stellar Market Research examines the gro . . .
23 May, 2025
CRICKET-IRE/WIS-NO RESULT West Indies vs . . .
16 Aug, 2025
Sabrina Ionescu shuts down fan’s bold “l . . .
17 Jul, 2025
Japan's Sega Eyes Return To 1990s Gaming . . .
22 Aug, 2025
Macleans College vs Howick College 1st X . . .